ދިވެހިރާއްޖެ
މަޤާމް :މަސައްކަތު | ||||||||||
---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | ||||||||||
ވަޒީފާގެ ފުރުޞަތު މި މަދަރުސާއިން 02 އޯގަސްޓް 2017 ގައި ކުރި ނަމްބަރ: GS-178/IUL/2017/12 އިޢުލާން ބާތިލްކޮށްފީމެވެ.
މަޤާމް: މަސައްކަތު ބޭނުންވާ އަދަދު: 01 ރޭންކް: އެސް.އެސް 1 ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގްރޭޑް1 މުސާރަ : -/3100 ރުފިޔާ ސަރވިސް އެލަވަންސް: -/1000 ރުފިޔާ އިތުރުގަޑިއާއި އެހެނިހެން އެލަވަންސް: އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި މަޤާމުގެ މަސައްކަތަކާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވްންސް ދެވޭނެއެވެ. ވަޒީފާއޮތް އޮފީސް: އޮމަދޫ ސުކޫލް ގިންތި: ދާއިމީ ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެޑްމިނިސްޓްރޭޓިވް ސެކްޝަން / އޮމަދޫ ސޮކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
1. ސްކޫލުގެ ބެލުމުގެ ދަށުގައިވާ އެންމެހައި ތަކެތި ފޮޅާއި ސާފުކޮށް ރައްކާތެރި ކަމާއެކު ބެލެހެއްޓުން. 2. ސްކޫލުގެ ރަސްމީ މަސައްކަތް އޮންނަ ކޮންމެދުވަހަކު ސްކޫލުގެ އޮފީސް އަދި ކްލާސްރޫމްތަކާއި އެހެނިހެން ޢިމާރާތްތައް ފޮޅައި ސާފުކުރުން. 3. ސްކޫލުގެ ގޯތިތެރެއާއި ސްކޫލްހިމެނޭ ސަރަހައްދު ސާފުތާހިރުކޮށް ކުނިކަހައި ބެލެހެއްޓު މާއި ސްކޫލްގެ ބަގީޗާ ހައްދާ ބެލެހެއްޓުން. 4. ސްކޫލުގެ މަސައްކަތް ހިންގުމަށް ބޭނުންކުރާ މެޝިނަރީއާއި އިކްއިޕްމަންޓް އޮފީހުގެ ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހަކު ފުހެސާފު ކުރުން. 5. ސްކޫލުގެ ދިދަނަގައި ތިރިކުރުން. 8. ސްކޫލްގެ ވާރޭފެން ނެގުމަށް ތައްޔާރުކުރެވިފައިވާ ތާނގީތަކަށް ސާފުތާހިރުކޮށް ރައްކާތެރިކަމާއި އެކު ފެންނެގުމުގެ މަސައްކަތް ކުރުން. 9. ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން މަސައްކަތް ކުރުން.
ޝަރުތު:
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
އިންޓަރވިއު ކުރުން
ހ. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު އިއުލާން މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 10 ދުވަސްތެރޭގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާއި ހުރެ އިންޓަވިއު ފަސްވާނަމަ އެކަން ވަޒީފާއަށްއެދި ހުށަހެޅުއްވި (ޝަރުތު ފުރިހަމަވާ) ފަރާތްތަކަށް އަންގާނެއެވެ. ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަދަރުސާގެ އިދާރާ އިން ލިބިވަޑައިގަންނަވާނެއެވެ.) ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް . ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އޮމަދޫ މަދަރުސާގެ އޮފީހަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 08 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިންނެވެ.
ނޯޓް: މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އޮމަދޫ މަދަރުސާގެ ނަންބަރު 6780572 ފޯނަށް ގުޅުއްވުން އެދެމެވެ.
07 މުޙައްރަމް 1438ހ. 27 ސެޕްޓެމްބަރ 2017މ.
އެމް.އެމް.އައިސާކް ޕްރިންސިޕަލް |