ވަޒީފާގެ ފުރުޞަތު
ނަންބަރު: GS117/IUL/2017/16
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 12 އޮކްޓޫބަރު 2017 02:00
މަގޫދޫ ސްކޫލް/ނ.މަގޫދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢިއުލާން ނަންބަރު

GS117/IUL/2017/16

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-249568

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް

GS-3

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

ސެކްޝަން:

އިދާރީ

މަގާމް އޮތް އޮފީސް:

މަގޫދޫ ސުކޫލް / ނ.މަގޫދޫ

ވަޒީފާ އަދާކުރަންޖެހޭތަން:

މަގޫދޫ ސުކޫލް / ނ.މަގޫދޫ

މުސާރަ:

މަހަކު 4465.00 ރުފިޔާ ( މަހަކު ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު 1500.00 ރުފިޔާ (މަހަކު ފަނަރަ ސަތޭކަ ރުފިޔާ )

އިތުރު ޢިނާޔަތްތައް:

 

 

 

 

 

ދާއިރާ: 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓް

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

-         ރަސްމީ ދުވަސްތަކާއި އެނޫން ދުވަސްތަކުގައި އޮފީސް ހުޅުވަންޖެހޭ ގަޑިތަކުގައި އޮފީސް ޤަވާޢިދުން ހުޅުވާ ބަންދުކުރުން.

-         މުވައްޒަފުންގެ ޙާޒިރީއާއި ޗުއްޓީގެ ކަންތައްތަކާއި ޕާސަނަލް ފައިލްތައް ރަގަޅަށް ބެލެހެއްޓުން.

-         ސްކޫލަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، އެތަކެތި ހުޅުވައި، އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީ ކުރުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

-         ސްކޫލަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޫލުން ފޮނުވާ ލިޔެކިޔުންތައް ފައިލޮކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންވާ ފަރާތްތަކަށް ވެރިއެއްގެ ހުއްދައާއިއެކު، ފޮޓޯކޮޕީނަގައި ޙަވާލުކުރުން.

-         އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، ރަގަޅު މަޢުލޫމާތު ދެވޭނެ ފަރާތްތަކަށް ފޯނުކޯލުތައް ޕާސްކުރުން.

-         އޮފީހަށް އަންނަ މެޙުމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތްތަކާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

-         ސްކޫލްގެ ރަސްމީ ޔައުމިއްޔާ ދުވަހުން ދުވަހަށްލިޔެ، ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

-         މުވައްޒަފުންގެ ޙާޒިރީ ރިޕޯރޓް ތައްޔާރުކުރުން

-         އެކިއެކި ބައްދަލުވުންތަކަށް ދެންނެވުމާއި، އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް އެނައުންސް ކުރުން.

-         ސްކޫލުގައި އިތުރު ޙަރަކާތްތައް ހިންގާ އިރުގައްޔާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިވުމަށް އެދިއްޖެ ނަމަ އެކަންކަމުގައި ފުރިހަމައަށް އެހީތެރިވުން.

-         ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެމުވައްޒަފެއްގެ ހައިޘިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް ސްކޫލްގެ ވެރިންނާއި އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނާއި، ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.   

މަޤާމުގެ ސަރުތުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވުން.

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެއްމެ ގާބިލް ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަޤާމަށް މީހަކު ހޮވުމުގައި ބަލާނީ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި،  ފެންވަރާއި ޤާބިލުކަމުގެ ސިފަތަކަށުވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނ.މަގޫދޫ ސުކޫލުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 2.00 ގެ ކުރިން، ނ.މަގޫދޫ ސުކޫލް  އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@nmagoodhooschool.edu.mv  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

އިންޓަވިއު އޮންނާނެތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  15 އޮކްޓޯބަރ 2017  އާއި 18 އޮކްޓޯބަރ 2017  އާ ދެމެދު، ނ.މަގޫދޫ ސުކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަ|ށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެއްމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މިމަގާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ 30 އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560577 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ admin@nmagoodhooschool.edu.mv އަށެވެ.

 
 
01 އޮކްޓޫބަރު 2017