ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)241-A/241/2017/27
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 08 އޮކްޓޫބަރު 2017 14:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެނޭޖަރ (ގއ. އަތޮޅު ގޭގެ )

         ނަންބަރު:  (IUL)241-A/241/2017/27

                އިޢުލާން 

 

މަޤާމް:                    މެނޭޖަރ

 

ބޭނުންވާ ޢަދަދު:              01

 

ވަޒީފާ އަދާކުރަންޖެހޭ ތަން:       ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ( އަތޮޅުގެއަށް )

 

އަސާސީ ޝަރުޠު:             މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

 

މަޤާމުގައިކުރަންޖެހޭމައިގަނޑުމަސައްކަތް:     1 އަތޮޅު ކައުންސިލްގެ އިދާރާގެ އުޅަނދުފަހަރުގައި ކުރެވޭ އެކްސްޕްރެސް ފެރީ ދަތުރުތަކާއި އަދި އެހެން ދަތުރުތައް ( ކައުންސިލް އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ) ކުރުމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

                           2- އަތޮޅުގޭގެ ކޮޓަރިތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ކޮޓަރިތައް ކުއްޔަށް ދޫކުރުމާއި ކަމާއިބެހޭ ރެކޯޑްސްތައް ބެލެހެއްޓުން.

                           3- އަތޮޅުގޭގައި ކުރަންޖެހޭ މަރާމާތުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.

                           4- އަތޮޅުގޭގެ މަސައްކަތްތައް ސްޕަވައިޒްކުރުން.

                           5- އަތޮޅުގެއާއި އަތޮޅުކައުންސިލްގައި ކުރަންޖެހޭ މެއިންޓަރނެންސް މަސައްކަތް ކުރުން.

                           އަދި މީގެއިތުރުން ކައުންސިލުން ފާހަގަކުރާ ދުވަސްތަކާއި، ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވުން.

 

އުޖޫރައާއި އިނާޔަތްތައް:             މުސާރައަކީ މަހަކު -/4465 ރުފިޔާއެވެ. މީގެއިތުރުން ސަރވިސް އެލަވަންސް -/1500 ރުފިޔާ އާއި ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ މީގެއިތުރުން އެހެން އެލަވަންސްއެއް ނުލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

2-      އިންޓަވިއުއިން ލިބޭ މާކްސް

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:   ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާ

                           މުއްދަތު: މިއިޢުލާނަށް އިޖާބަ ދިނުމުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި

 

  • ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  •  
  • ފަޒީފާއަން އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އިމެއިލް އެޑްރެސް ހިމެނޭގޮތަށް )

 

  • ވަޒިފާއަން އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތްއް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއަލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެތްފިކެޓްތަކުގެ ކޮޕީ.

 

  (ހ)  މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލިމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި             ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރައްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 

 

 (ށ)  ރާއްޖޭގައި ރަޖިސްޓްރީ ކޮއްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒުތަކުން ކުރިއައްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ         ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

 (ނ)  ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕި.

 

  6   ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  7   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައި ދިނިމުގެ ގޮތުން ސިވިލް                       ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

 

  8  މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

 (ހ) ސިވިލް ސަރވިސްއިން ބޭރުވަޒީފާއެއް އަދަކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް    ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ)   އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ފަޒިފާ އަދާކޮށްފައިވާނަމަ                                       ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ     އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  08  އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ގއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ފޯރމް ހުށަހެޅުއްވުން

  އެދެމެވެ. ފޯރމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

      01 އޮކްޓޯބަރ  2017

 

 

 

 

 

 

 

 

 

 

01 އޮކްޓޫބަރު 2017