ވަޒީފާގެ ފުރުޞަތު
ނަންބަރު: GS160/2017/266
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 17 އޮކްޓޫބަރު 2017 00:00
ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ރިލީފް ޓީޗަރަކު ( ޤުރުއާން ) ބޭނުންވާކަމަށް

ވަޒީފާގެ ފުރުސަތު (ރިލީފް ޓީޗަރ)

ވަޒީފާގެ ފުރުޞަތު

މަޤާމް:                    ރިލީފް ޓީޗަރ ( ޤުރުއާން )

ބޭނުންވާ އަދަދު:              1 (އެކެއް)

ގިންތި:                    ވަގުތީ (2 މަސްދުވަސް)

ވަޒީފާ އޮތް އޮފީސް:            އދ. ދިގުރަށު ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:   އެކަޑަމިކް ޝެކްޝަން، ދިގުރަށު ސްކޫލް

 

ޝަރުޠު

މުސާރަ ( މަހަކު )

ސަރވިސް އެލަވަންސް

( މަހަކު )

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

 

އުޖޫރަ އާއި އިނާޔަތްތައް :

އިތުރުގަޑީގެ ފައިސާ:  ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. އަދި

މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

- ހަވާލުކުރެވޭ ކްލާސްތަކަށް ޤުރުއާން ކިޔަވައިދިނުން.

- ޤުރުއާން ކިޔަވައިދިނުމަށް ދަރިވަރުންނަށް ހިންގޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

- ސްކޫލުގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި، ލީޑިންގ ޓީޗަރަށް ދެއްކުން.

- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

- ސްކޫލުން ބާއްވާ ސްޓާފް މީޓިންތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ އެނޫން ކޮންމެ ބައްދަލުވުމެއްގައިވެސް ފަރުވާތެރިކަމާއެކު ބައިވެރިވުން.

- ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން.

- ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެމަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.

- ކިޔަވައިދޭ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.

- މުވައްޒަފު ނިސްބަތްވާ ހައުސް/ ކްލަބް/ ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި ޤާބިލުކަންހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ، ކާމިޔާބީއަށް މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތަށް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް  އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިމުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

އިންޓަރވިއު ކުރުން:

ހ. އިޢުލާންގެ މުއްދަތު ހަމަވާތާ 5 ދުވަހު ތެރޭގައި ދިގުރަށު ސްކޫލްގައި އިންޓަވިއު ބޭއްވޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އދ.ދިގުރަށު ސްކޫލްގެ އޮފީހަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދިގުރަށު ސްކޫލްގެ ނަންބަރު6680841 ފޯނަށް ގުޅުއްވުން އެދެމެވެ.

08 އޮކްޓޯބަރ 2017

08 އޮކްޓޫބަރު 2017