ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-LOG/IUL/2017/087
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ލިމިޓެޑަށް ވިލިމާލެ އިން އޮފީސް އިމާރާތެއް ކުއްޔަށް ހިފުން
މިކޯޕަރޭޝަނުން ވިލިމާލޭގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ، މަޖީދީމަގު އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
16 އޮކްޓޯބަރ 2017 (ހޯމަ) |
10:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
22 އޮކްޓޯބަރ 2017 (އާދިއްތަ) |
14:00 (މެންދުރު) |
2017 އޮކްޓޯބަރ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3000581 ، ފެކްސް ނަންބަރު: 3000584
20 މުޙައްރަމް 1439
10 އޮކްޓޯބަރ 2017