ދިވެހިރާއްޖެ
އިއުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ބ.އަތޮޅު ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ޓީޗަރުން ޗުއްޓީގައި ޤައުމަށް ދުރުވުމަށްޓަކައި، އަތޮޅުގެ ރަށްރަށުން ދަރަވަންދޫއަށް ގެނައުމަށާއި، އެނބުރި ރާއްޖެ ދުރުވުމުން ، އެބޭފުޅުން ރަށްރަށަށް ގެންދިއުމުގެ ، މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން ޢަމަލުކޮށް ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
- ސްކޫލްއޮފީހަށް ޙާޟިރުވެ ނަންނޯޓް ކުރުމަށްފަހު މަޢުލޫމާތު ޝީޓު ނެގުން: - ސްކޫލްގެ 6600034 ފޯނަށް ގުޅައިގެން ނަންނޯޓް ކުރުން (ނަންނޯޓް ކުރުމުން މަޢުލޫމާތު ޝީޓް ފޮނުވައިދެވޭނެއެވެ. - މަޢުލޫމާތު ސާފުކުރުމުގެ މުއްދަތު: - 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދު ވުމުގެކުރިން |
08 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 13.00 އަށް ސްކޫލްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން. |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށަހެޅުއްވިދާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް މިސްކޫލުން ދޫކުރާފޯމެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތުސާފުކުރައްވާފައިވާ ފަރާތްތަކުގެނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައިހުށަހަޅުއްވާ އަންދާސީހިސާބު ބާތިލްކުރެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ފޯން ނަމްބަރ 6600034 ނުވަތަ 9659595
05 ޞަފަރު 1439 ހ.