ނީލަން
ނަންބަރު: (IUL)426-2A/426/2017/154
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 04 ނޮވެންބަރު 2017 09:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ އަވަށު އޮފީހުގެ ބައުތަކެތި ނީލަން ކިޔުން

އިޢުލާން

ބައުތަކެތި ނީލަން ކިޔުން

ހިތަދޫ އަވަށު އޮފީހުގެ ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ 04 ނޮވެމްބަރ 2017 ވާ ހޮނިހިރު ދުވަހުގެ 09.00 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 02 ނޮވެމްބަރ 2017 ވާ ބުރާސްފަތު ދުވަހުގެ 09.00 އިން 13.00 އާއި ދެމެދު ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ ހަވީރު 16.00ގެ ކުރިން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ޞަފަރު 1439

29 އޮކްޓޫބަރު 2017