ދިވެހިރާއްޖެ
`
ދިޔަމިގިލީ މަދަރުސާ
ތ. ދިޔަމިގިލި ، ދިވެހިރާއްޖެ
ނަމްބަރ:DM / 04 / 2017 /I-09
އިޢުލާނު
ކުޅޭ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ކުރުން
މިމަދަރުސާގެ ކުޅޭ ސަރަޙައްދު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު ޢިއުލާނު ނަމްބަރ: DM / 04 / 2017 /I-07 އާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވާ ފަރާތްތަކުން ހުށައަޅާފައިވާ އަގުތައް މާބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރިވާހަކަ ދަންވަވަމެވެ.
މިމަދަރުސާގެ ކުޅޭ ސަރަޙައްދު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިޔަމިގިލީ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ދިޔަމިގިލީ މަދަރުސާގެ ކުޅޭ ސަރަޙައްދު މަރާމާތުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް
09 ނޮވެމްބަރ 2017 ބުރާސްފަތި، ހެނދުނު 10:45
އަންދާސީ ހިސާބު ހުށަހެޅުމަށް
13 ނޮވެމްބަރ 2017 ހޯމަ، ހެނދުނު 10:45
ކުންފުނި އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވާ ކުންފުނި، ނުވަތަ އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި އެނގޭނެފަދަ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވާނީ ކޮންބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780609 ނަމްބަރ ފޯނާއެވެ.
31 އޮކްޓޫބަރ 2017