1. ރަސްމީ ކޮންމެ ދުވަހެއްގައި އިދާރާ ހުޅުވުމުން އިދާރާތެރެ ކުނިކަހާ ފޮޅާސާފުކުރުމާ ހަފުތާއަކު01 ފަހަރު އެތެރޭ މޮޕްއަޅާ ސާފުކުރުން .
2. ކައުންސިލް އިދާރާގެ ފަންކާތަކާ، ހޮޅިބުރި، ބޮކި އަދި ސީލިންގ މަހަކު 2ފަހަރު ފޮޅާސާފުކުރުން.
3. ކައުންސިލް އިދަރާއިން އެކިފަރާތްފަރާތަށް ރައްދުކުރަން ޙަވާލުކުރާ ލިޔުންތައް އަމާނާތްތެރިކަމާއެކު އެފަރާތަކާ ޙަވާލުކުރުން.
4. ކައުންސިލް އިދާރާއަށް ޙާޟިރުކުރަންޖެހޭ މީހުންނަށް ޙާޟިރުވުމަށް އެންގުން.
5. ކައުންސިލް އިދާރާއިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ނުވަތަ އެހެންވެސް ބޭނުމެއްގައި އިންތިޒާމްކުރަންޖެހޭ ޖަލްސާ/ބައްދަލުވުންތަކަށް އިދާރާއިން އަންގާ ގޮތަކަށް އެތަނެއް ތައްޔާރުކުރުން.
6. ކައުންސިލް އިދާރާގެ ގޯއްޗާ،ގޯއްޗާގުޅިފައިވާ މަގުތަކުގައިވާ ގަސްތައް ކޮށާ، ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
7. ކައުންސިލް އިދާރާގެ ފާޚާނާތަކާ،ވަޅު ހަޑިވިޔަނުދީ ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
8. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރި ވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
9. ކައުންސިލް އިދާރާގެ އަލަމާރިތަކާ، ފައިލިންގް ކެބިނެޓްތަކާ، ފައިލްބަހައްޓާ ހަރުގަނޑުތަކާ، މޭޒްތަކާއި ގޮނޑިތައްފަދަ ތަންތަން އަބަދުވެސް ސާފުތާހިރުކަންމަތީ ބެހެއްޓުން.
10. ރަށުގެ ބަނދަރާއި، އިޖްތިމާޢީ ސަރަޙައްދުތަކާއި އަދި މަގުތަކުގައި ޖަހާފައިވާ ބައްތިތަކުގެ ހޮޅިބުރި، ސްޓާޓަރ ބަދަލުކުރުމާ ކުދިކުދި މަރާމާތުުގެ މަސައްކަތް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުން.
11. ކައުންސިލް އިދާރާގެ ގޯތިތެރޭ ބަގީޗާ އިންދާ ހައްދާ ބެލެހެއްޓުން.
12. ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަރަންޓާބެހޭ ކުދިކުދި މަސައްކަތްތައް ކުރުން.
13. ރަށުގައި މަދިރި/ ހުވަނި ކޮންޓްރޯލް ކުރުމަށްޓަކާ ފޮގް ކުރުމުގެ މަސައްކަތް ކުރާއިރު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން އެ މަސައްކަތުގައި ބައިވެރިވުން.
14. އާއްމު ރައްޔިތުންނަށް ބޯފެންދޫކުރުމަށް ބަހައްޓާފައިވާ ކަޅުހަންތައް ސާފުކުރުމުގެ މަސައްކަތުގައި ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން ބައިވެރިވުން.
15. މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.
|