ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2017/0030
ކުއްޔަށް ދޫކުރުން
ދައްނާ ގިމަތަ (ވިލިނގިލި – މާލެ) ފެރީ ޓަރމިނަލްގެ ޓަކްޝޮޕް ކުއްޔަށްދިނުން:
ދައްނާ ގިމަތަ (ވިލިނގިލި – މާލެ) ފެރީ ޓަރމިނަލްގެ ޓަކްޝޮޕް 01 ޑިސެމްބަރު 2017 އިން ފެށިގެން އެއް (1) އަހަރު ދުވަހަގެ މުއްދަތަށް ކުއްޔަށް ދޭން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނުވެމްބަރު 2017 ވާ ހޯމަ ދުވަހު 13:45 އަށް، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މި ބައްދަލުވުމުގައި މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީހިސާބު ހުށައެޅުން އޮންނާނީ 21 ނުވެމްބަރު 2017 ވާ އަންގާރަ ދުވަހު 13:30 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
19 ސަފަރު 1439
08 ނުވެމްބަރު 2017
A subsidiary of MTCC