މަސައްކަތް
ނަންބަރު: GS-95/2017/012
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 27 ނޮވެންބަރު 2017 11:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2018 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2017 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހު 11:00 އަށް

2017 ނޮވެންބަރު 27 ވާ ހޯމަ ދުވަހު 11:00 އަށް

 

 

 

 

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6520532 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2017