ދިވެހިރާއްޖެ
އޮމަދޫ ސްކޫލް
ތ.އޮމަދޫ
ދިވެހި ރާއްޖެ
އިޢުލާން
ނަންބަރު: GS-178/IUL/2017/20 ތާރީޚް: 20 ނޮވެމްބަރ 2017
މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއްކުއްޔަށް ހިފަން ބޭނުންވެއްޖެ.
2018 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ނޮވެމްބަރ 2017ވާ ބުދަ ދުވަހުގެ 14:00ށް މި ސްކޫލް އޮފީހަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 07 ޑިސެމްބަރ 2017ވާ ބުރާސްފަތި ދުވަހުގެ 14:00ށް މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މަޢުލޫމާތު ފޯމް ރަސްމީގަޑީގައި ސްކޫލް އޮފީހުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމު ކޮށްއެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ރަބީޢުލް އައްވަލް 1439ހ.
20 ނޮވެމްބަރ 2017 މ.
އެމް.އެމް. އައިސާކް
ޕްރިންސިޕަލް