ދިވެހިރާއްޖެ
ސުރުޙީގައި ދަންނަވާފައިވާ ރައްޔިތުންގެ " ތެޔޮބިން " 10 ( ދިހައެއް ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފްކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނިން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާފަރާތުގެ ނަންއޮންނަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ރަބީޢުލް ޢައްވަލް 1438
22 ނޮވެމްބަރ 2017