ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ
މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 04 ވާ ހޯމަ ދުވަހު 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހު 13:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
10 ރަބިޢުލްއައްވަލް 1439
28 ނޮވެމްބަރ 2017