ދިވެހިރާއްޖެ
ނަންބަރު:FNK-K(T)/FNK/IUL/2017/149
އިޢުލާން
މ.ވޭވަށް ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމާގުޅޭ:
މިކުންފުނީގެ މ.ވޭވަށް ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިކަމާބެހޭ މަޢުލޫމާތު ކަރުދާސް މިކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިންނާއި މ. ވޭވަށް ބްރާންޗުން ރަސްމީ ދުވަސް ތަކުގެ 8:30 ހުން 14:30 ހަށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ 07 ޑިސެމްބަރ 2017 ވާ ބްރާސްފަތި ދުވަހުގެ 11:00އަށް މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ މ. ވޭވަށް ބްރާންޗައްށެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
15 ރަބީޢުލްއައްވަލް 1439
03 ޑިސެމްބަރ 2017