ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ ބައެއް ފާހާނާތަކުގެ ދޮރާއި ދޮރުފަތްތައް މަރާމާތުކުރުމާއި ގުޅޭ
މިސްކޫލްގެ ބައެއް ފާހާނާތަކުގެ ދޮރާއި ދޮރުފަތްތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
11 ޑިސެމްބަރ 2017 (ހޯމަ) ދުވަހުގެ 09:30 ގައި ސްކޫލް އޮފީހުގައި |
14 ޑިސެމްބަރ 2017 (ބުރާސްފަތި) ދުވަހުގެ 09:30 ގައި ސްކޫލް އޮފީހުގައި |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ6892546 ނަންބަރު ފޯނާއެވެ.
17 ރަބީޢުލްއައްވަލް 1439
05 ޑިސެމްބަރ 2017