މަސައްކަތް
ނަންބަރު: GS-127/2017/27
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 12 ޑިސެންބަރު 2017 10:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަށް

2018 ވަނައަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ތިރީގައި މިދަންނަވާ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

  1. އަންހެންކުދިންގެ ފާޚާނާބަރީގެ 4 ފާޚާނާ މަރާމާތުކުރުން.
  2. ފިރިހެންކުދިންގެ ފާޚާނާބަރީގެ 3 ފާޚާނާގެ ތަށި ބަދަލުކުރުން.

            މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 12 ޑިސެމްބަރ2017 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގު: 65 ޕޮއިންޓް.
  2. މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 25 ޕޮއިންޓް.
  3. މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް.
  4. މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލްކަމަށް: 5 ޕޮއިންޓް.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6580333 އާއި ގުޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2017