ނީލަން
ނަންބަރު: 171-H3(PU)/IUL/2017/144
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 17:40
ސުންގަޑި:
18 ޑިސެންބަރު 2017 09:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިއުން
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާއި ޚިލާފަށް ވަދެއުޅެނިކޮށް އަތުލައި ގަނެފައިވާ ސްރީލަންކާގެ ދެމަސްބޯޓުގައި ހުރި މަސްތައް ޚާއްޞަނީލަމެއްގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ.
- ނީލަން ކިޔުން އޮންނާނީ 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހު 14:00 ގައި އިސްކަންދަރުކޮށި-01 ގެ ތިރީ މީޓިން ރޫމުގައެވެ.
- މިތަކެތި ބެހެއްޓިފައިވަނީ ހުޅުމާލެ ކައިރީގައި އެމް.އެން.ޑީއެފްގެ ޚާއްސަ ބެލެހެއްޓުމުގެ ދަށުގައެވެ.
- މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2017 ޑިސެމްބަރ 18 ހޯމަ ދުވަހު 10:00 ގައި ބެލޭނޭ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.
- ނީލަން ކިޔާނީ ގާތްގަނޑަކަން 02 ޓަނު މަހެވެ.
- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
- ނީލަން ފެށޭނީ ޓަނަކަށް 10000 (ދިހަހާސް) ރުފިޔާގެ ރޭޓުންނެވެ.
- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000 (އެއްހާސް) ރުފިޔާ އަށްވުރެން ކުޑަނޫން އަގެއް ހުށަހަޅައިގެންނެވެ.
- ނީލަން ނިމޭތާ 24 ގަޑީރުތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓަށް ފައިސާ ހަވާލު ކުރަންވާނެއެވެ.
- ނީލަން ނިމޭތާ 24 ގަޑީރު ތެރޭގައި މަސްތައް ގެސްގޮސް ނިންމަންވާނެއެވެ.
ވީމާ، ނީލަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުގެ 09:00 ގެ ކުރިން 9999887 ނަމްބަރަށް ގުޅައިގެން ނަންނޯޓުކޮށް، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
16 ޑިސެންބަރު 2017