މަސައްކަތް
ނަންބަރު: GS146/IU/2017/35
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 20:58
ސުންގަޑި: 21 ޑިސެންބަރު 2017 13:30
ގުޅީ ސްކޫލް
ދިވެހިރާއްޖެ
ސްޓާފްރޫމް މަރާމާތުކުރުން

އިޢުލާން

މި ސްކޫލުގެ ސްޓާފްރޫމް މަރާމާތުކުރުމާއި ގުޅޭ

މި ސްކޫލުގެ ސްޓާފްރޫމް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން GS146/IU/2017/33 (09 ޑިސެމްބަރ 2017) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 13:30 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަކީ ވަކި މުއްދަތަކަށް ނިންމަންޖެހޭ މަސައްކަތަކަށްވާތީ ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.31 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަމްބަރުގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ރަބީޢުލްއައްވަލް 1439 ހ

16 ޑިސެންބަރު 2017