މަސައްކަތް
ނަންބަރު: GS-127/2017/28
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 19 ޑިސެންބަރު 2017 11:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

1 ޖެނުއަރީ 2018 ން 31 ޑިސެމްބަރ 2018 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 27 ނޮވެމްބަރ 2017 ގައި މި ސްކޫލުގެ ފަރާތުން ކުރި އިޢުލާނާ ގުޅިގެން އެ މަސައްކަތަށް ޝަޢުޤުވެރިކަން ފާޅުކޮށް ހުށައަޅުއްވާފައިވާ ބިޑްތައް ފުރިހަމަނުވާތީވެ އެ އިޢުލާނު ބާތިލުކޮށް ދެވަނަފަހަރަށް އެފުރުޞަޠު ހުޅުވާލަމެވެ.

 މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2017 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2017 ޑިސެންބަރު 27 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު  ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގަށް: 70 ޕޮއިންޓް.
  2. މަސައްކަތުގެ ތަޖުރިބާއަށް: 18 ޕޮއިންޓް. (ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)
  3. ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް: 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6580333 އާއި ގުޅުއްވުން އެދެމެވެ.

17 ޑިސެންބަރު 2017