ދިވެހިރާއްޖެ
އިޢުލާން
2018 ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާނެ ގެއެއް ހޯއްދުން
2018 ވަނަ އަހަރު މިސްކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެ، 02 ނޮވެމްބަރ 2017 ގައިކުރި GS-184/IUL/2017/28 ނަމްބަރުގެ އިޢޫލާނާ ގުޅިގެން އެކަމަށް ޝައުވެރިވެ މަޢޫލޫމާތު ސާފުކުރި ފަރާތްތަކަށް ދެވިފައިވާ މަޢުލާމާތު ފުރިހަމަ ކުރެވިފައި ނެތުމާ ގުޅިގެން އެ އިޢުލާނު ބާތިލުކޮށް، 14 ޑިސެމްބަރ 2017 ގައިކުރި GS-184/IUL/2017/34 ނަމްބަރުގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފު ކޮއްފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ގެ ކުއްޔަށް ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 ޑިސެމްބަރ 2017ވާ ބުރާސްފަތި ދުވަހު 13:00ގައި މައުލޫމާތު ސާފުކުރުމަށް ފަހު 04 ޖެނުއަރީ 2018 ވާ ބުރާސްފަތިދުވަހުގެ 13:00ށް ކުނަހަންދޫސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައި ގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.
06 ރަބީޢުލްއާޚިރު 1439
24 ޑިސެމްބަރ 2017
މުޙަންމަދު ސަޢީދު
ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވ