ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ އޮފީސްބައި ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.
ފިލާ ބިލްޑިންގ 1 ގެ 1 ވަނަ ފަންގިފިލާ (އުތުރުބައި) – 525 އަކަފޫޓް
ވީމާ، މި ބައި ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 31 ވާ އާދީއްތަ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ 9 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2017 ޑިސެމްބަރު 26 ވާ އަންގާރަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.
ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.