ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2017/79
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 08 ޖަނަވަރީ 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މަރުކަޒުގެ ކޯސްތަކުގައި ކިޔަވާދިނުމާ އެކަޑަމިކް ޕްރޮގްރާމްތަކަށް ފަންނީ ލަފާދޭނެ ފަރާތްތަކެއް ހޯދުން.

އިޢުލާން

 

މަރުކަޒުގެ ކޯސްތަކުގައި ކިޔަވާދިނުމާ އެކަޑަމިކް ޕްރޮގްރާމްތަކަށް ފަންނީ ލަފާދޭނެ ފަރާތްތަކެއް ހޯދުން.

01 ޖެނުއަރީ 2018 އިން 31 ޑިސެމްބަރ 2018 އަށް، މި މަރުކަޒުގެ ކޯސްތަކުގައި ކިޔަވާދިނުމާ އެކަޑަމިކް ޕްރޮގްރާމްތަކަށް، ފަންނީ ލަފާދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ.

 

ޝަރުޠު:       - މަތީ ތަޢުލީމުދޭ މަރުކަޒެއްގައި ޤާރީކޯސް ކިޔަވައިދޭތާ 18 އަހަރު ވެފައިވުން.

- ޤައުމީ ފެންވަރުގެ ޤުރުއާން މުބާރާތެއްގައި ފަނޑިޔާރުކަން ކޮށްފައިވުން.

- މަރުކަޒުންދޭ ބަސްދިގަތުމުން ފާސްވުން.

އުޖޫރަ:      - ކިޔަވާދޭ ކޮންމެ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ.

-  ފަންނީ ލަފާދިނުމާ މަރުކަޒުން ކުރިއަށް ގެންދާ އެކަޑަމިކް ޕްރޮގްރާމްތަކުގައި އެހީތެރިކަން ދިނުން ގަޑިއަކަށް -/100 ރުފިޔާ.

 

        ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަޞްލާއެއްގޮތް ތައްގަޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކާއެކު 2018 ޖެނުއަރީ 08 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މަރުކަޒަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2017