ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2017/81
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 08 ޖަނަވަރީ 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ސްޕަވައިޒަރެއް ހޯދުމަށް

އިޢުލާން

ރިސޯސް ސްޕަވައިޒަރެއް ހޯދުމަށް.

 

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގާ ކޯސްތައް ބަލަހައްޓާނެ ރިސޯސް ސްޕަވައިޒަރެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު : 01

ޝަރުތު : ގުޅޭ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން. ޢަރަބި ބަސް ދަންނަ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގައި މަސައްކަތް ކޮއްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ : މަސައްކަތްކުރާ ކޮންމެ ޕީރިއަޑަކަށް -/100 ރުފިޔާ.

މުއްދަތު : ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓް ކުރެވޭނީ 6 މަސް ދުވަހުގެ މުއްދަތަށެވެ. 6 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރު ކުރެވިދާނެއެވެ.

        ވީމާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން 2018 ޖެނުއަރީ 08 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ކީރިތި ޤުރުއާނާބެހޭ މަރުކަޒަށް ލިބިވަޑައިގެންފައިވާ ސެޓްފިކެޓް ތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު މި މަރުކަޒަށް ސިޓީ ފޮނުއްވުން އެދެމެވެ.

28 ޑިސެންބަރު 2017