ދިވެހިރާއްޖެ
`
މާޅޮސްމަޑުލުއުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
އުނގޫފާރު ، ދިވެހިރާއްޖެ
ނަންބަރ: (IUL)303/303/2018/02
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމު: ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ރޭންކް: ޖީ އެސް 3 ( ޖެނެރަލް ސަރވިސް 1 )
ކްލެފިކޭޝަން: އޮފިސަރ ގްރޭޑް 1
ޔުނިޓް ކޯޕަރޭޓް އެފެއާޒް
މުސާރަ: 4465.00 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ބޭނުންވާ ޢަދަދު: 01
ތަޢުލީމާއި ތަޖުރިބާ: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާމުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ( މީގެތެރޭގައި މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ސެޓްފިކެޓް، ކިޔަވައި ދިނުމުގެ ދާއިރާގެ ސެޓްފިކެޓް ޞިއްޙީދާއިރާގެ ސެޓްފިކެޓް، ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ސެޓްފިކެޓް ފަދަ ދާއިރާތަކުގެ ސެޓްފިކެޓްތައް ހިމެނޭނެއެވެ). ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
4- ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ އެސް 3 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ޙާޞިލްކޮށްފައިވުން.
5- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިއުމާއެކު، ޖީއެސް 2 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
6- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
1- އޮފީސް ދުވަހު ޔައުމިއްޔާ ލިޔުމަށްބޭނުންވާ ހުރިހާ މަޢުލޫމާތެއް ހުރިހާ ސެކްޝަންތަކުން ހޯދުމަށްފަހު ޔައުމިއްޔާ ލިޔެ ވެރިޔާ ލައްވާ ސޮއިކުރުމަށްފަހު ޔައުމިއްޔާ ފައިލްކޮށް ބެލެހެއްޓުން.
2- ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
3- އޮފީހަށް ބޭނުންވާ ހުރިހާ ތަކެތީގެ ސްޓޮކްހޯދާ ތަކެތި ހުސްނުކޮށް ސްޓޮކް ޤަވާޢިދުން ބެލެހެއްޓުން
4- އޮފީހަށް އަންނަ މެހެމާނުން ބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުން
5- ކައުންސިލުން ބާއްވާ ބައްދަލުވުންތައް ބޭއްވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން
6- ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން،
7- ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން،
8- ކައުންސިލް އިދާރާއަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ އެތަކެތި ހުޅުވައި އެންޓްރީ ސިސްޓަމުގައި ރަޖިސްޓްރީކުރުމާއި އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން،
9- އޮފީހަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި އޮފީހުންބޭރަށް ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި އެ ބޭނުންވާ ސެކްޝަނަކަށް ހޯދާ ފޮޓޯކޮޕީ ނަގާ ޙަވާލުކުރުން،
10- އެކި އެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ޑިރެކްޓަރުގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް އެ ސެކްޝަންތަކާއި ޙަވާލުކުރުން. އަދި ފުރަންޖެހޭ ފޯމްތައް ޑިރެކްޓަރުގެ އިރުޝާދުގެމަތިން ފުރުން.
11- އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުމާއި ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން.
12- ސެކްޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި، ފެކްސް ކުރަންޖެހޭ ލިޔެކިޔުންތައް ފެކްސް ކުރުމާއި، ބައެއްކަހަލަ ލިޔެކިޔުންތަކަށް ފޯމެޓް ހެދުން.
13- ކައުންސިލު އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
އެޕްލިކޭޝަން ފޮނުވަންޖެހޭ ތާރީޚް: 11 ޖެނުއަރީ 2018، ބުރާސްފަތި ދުވަހުގެ 12:00 ކުރިން
އުޖޫރައާއި ޢިނާޔަތްތައް:
- ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައް ހަމަޖެހޭނެއެވެ.
- އިތުރުގަޑީގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
- މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް އުނގޫފާރު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެންހުންނާނެއެވެ.
2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރިޑޭޓްކޮށްފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ )
3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ އުނގޫފާރު ކައުންސިލްގެ އިދާރާގެ މި މަޤާމަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޟެއްނެތްކަމުގެ ލިޔުން.
4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ލިޔުމެއް.
5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި، އީމެއިލް އެޑްރެހާއެކު)
17 ރަބީޢުލްއާހިރު 1439
04 ޖެނުއަރީ 2018
ޢަބުދުއްނާޞިރު ޢަލީ
ރައީސް