ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)226-A/PRIV/2018/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 15 ޖަނަވަރީ 2018 10:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ޤުރުއާން މުބާރާތް 1439 ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

1439 ވަނަ އަހަރުގެ ހދ.އަތޮޅު ޤުރުއާން މުބާރާތް ހޯސްޓްކުރުމަށް ބޭނުންވާ ރަށު ކައުންސިލް، ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ޝައުގުވެރިވެލައްވާ ކައުންސިލް،  ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން އެކަމަށްއެދި ޕްރޮޕޯސަލްއެއް ތައްޔާރު ކުރައްވާ 15 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މުބާރާތް ބާއްވާނެ ރަށެއް/ ތަނެއް ކަނޑައެޅުމުގައި އިސްކަންދޭނީ މިކައުންސިލުން އެންމެ ޚަރަދު ކުޑަކޮށް މުބާރާތުގެ ފެންވަރު ރަގަޅު އިންތިޒާމެއްގެ މަތީން ބޭއްވުމަށް ހުށަހަޅާ ފަރާތަކަށް ކަމަށްވާތީ އެވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި މުބާރާތް ބޭއްވުމަށް ޤަސްދުކުރެވިފައިވަނީ 2018 ވަނައަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާތެރޭގައެވެ. މުބާރާތް ހިނގާނެކަމަށް އަންދާޒާ ކުރެވޭ ބަޖެޓް ތައްޔާރު ކުރަންވީ ގޮތުގެ ނަމޫނާ ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި ރަށުކައުންސިލްތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. މީގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅާއިރު މުބާރާތުގެ އިންތިޒާމްތައް ރާވާފައިވާ ގޮތުގެ ތަފްސީލު ވެސް ހުށަހަޅަންވާނެއެވެ.

މިކަމާގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް މިކައުންސިލްގެ ނައިބުރައީސް މުޙައްމަދު ވަސީމް (ނަންބަރު 7791934) އާއި ގުޅުއްވުން އެދެމެވެ.

07 ޖަނަވަރީ 2018