ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: (IUL)303-AS/2018/03
އިޢުލާން
އައިއެސްޑީބީ . ޓީ ޕްރޮޖެކްޓްގެ ދަށުން ޕީއެސް އެމް އަށް ދޫކުރެވިފައިވާ ބިމުގެ އިރުމައްޗައް އިތުރުކުރެވޭ ބައިގައި ހުރި ރުކާއި ގަސް ނަގައި ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
އައިއެސްޑީބީ . ޓީ ޕްރޮޖެކްޓްގެ ދަށުން ޕީއެސް އެމް އަށް ދޫކުރެވިފައިވާ ބިމުގެ އިރުމައްޗައް އިތުރުކުރެވޭ ބައިގައި ހުރި ރުކާއި ގަސް ނަގައި ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ޕީ އެސް އެމްއަށް ދޫކުރެވިފައިވާ ބިމަށް އިތުރުކުރެވޭ 15 ފޫޓްގެ ތެރޭގައިވާ ރުކާއި ގަސްނަގާ ބިންގަނޑު ލެވަލްކޮށްދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ރުކާއި ގަސްނަގާ ބިންގަނޑު ލެވަލްކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ޕީ އެސް އެމްއަށް ދޫކުރެވިފައިވާ ބިމަށް އިތުރުކުރެވޭ ބައިގައިހުރި ރުއްގަސް ނެގުމާއި ބިންގަޑު ލެވަލް ކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ބިންސާފްކޮށް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
ހުށަހަޅާ އަގަށް % 50
ތަޖުރިބާއަށް %30
މުއްދަތައް % 20
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
28 ރަބީޢުލްއާޙިރު 1439
15 ޖެނުއަރީ 2018
އަބްދުންނާޞިރު ޢަލީ
ކައުންސިލްގެ ރައީސް