ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
ނަމްބަރު : (IUL)325-A/325/2018/3
ވަޒީފާގެ ފުރުޞަތު
މަޤާމު : ޑްރައިވަރ
މަޤާމުގެ ނަމްބަރު: J-220695
ސަރވިސް: ސަޕޯޓް ސަރވިސް
ރޭންކް : އެސް. އެސް 2
ބޭނުންވާ ޢަދަދު : 1 (އެކެއް)
ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގްރޭޑް 2
ވަޒީފާ އަދާކުރަންޖެހޭތަން : މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ މުސާރަ: މަހަކު 3470.00 ރުފިޔާ
ސަރވިސް އެލަވަންސް : މަހަކު 1000.00 ރުފިޔާ
އެހެނިހެން ޢިނާޔަތްތައް |
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ. |
ތަޢުލީމާއި ތަޖްރިބާ |
1-މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރައްވާ B1 ކެޓަގަރީގެ ލައިސަންސް ޙާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްކޮށްފައިވުން. 3- ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު |
1-އޮފީހުން އަންގާ ގޮތެއްގެމަތީން ވޭންދަތުރުތައް ކުރުން. 2-ވޭން ސާފުތާހިރުކޮށް ބެލެހެއްޓުން. 3-ވޭނުގެ ތެޔޮބަދަލުކުރުމާއި ވޭނުގެ ޢާންމު ސާރވިސްތައް ކުރުން. 4-ކައުންސިލުން ރަށުގެ ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތައް ދިނުމުގައި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދިނުން. 5-ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްކުރާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދިނުން. |
ވަޒީފާއަށް ޤާބިލު މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް |
1-ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން. 2-މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ. 3-ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭއިންޓަރވިއު. |
އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް |
މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއު އޮންނާނީ މި އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ދުވަހާއި ވަގުތު އިންޓަރވިއު އޮންނަ ދުވަހުގެ 3 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ. |
އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚް |
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާއަށް 25 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ ކުރިން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
1 ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް ( ވަޒީފާއަށް އެދޭ ފޯރމް މިކައުންސިލް އިދާރާއިންލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިންޑައުންލޯޑް ކުރެއްވޭނެއެވެ. ) 2 ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފް ފޮޓޯކޮޕީ 3 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ 4 ކަރިކިޔުލަމް ވިޓާ (ސިވިލްސަރވިސް ކޮމިޝަނުން ތައްޔާރުކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ނުވަތަ އެ މަޢްލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ) |
އިތުރު މަޢުލޫމާތު |
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރ 6600005 ފޯނާ ގުޅުއްވުން އެދެމެވެ. - އިންޓަރވިއުކުރެވޭނީ ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ. |
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ރަބީއުލް އާޚިރް 1439
15 ޖަނަވަރީ 2018
އިބްރާހީމް ނިޔާޒް
ޑިރެކްޓަރ
( ޒިންމާދާރު ވެރިޔާ )