ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/3
އިޢުލާން
މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
- 40,000ދިދަ – ދިދަ ދަނޑިއާއެކު (11”x7.33” )
- 15,000 ދިދަ ފަތި (23 ފޫޓް ދިގުމިން ފައްޗެއްގައި 20 ދިދަ)
- 40,000 ޤައުމީ ދިދަ (2 ފޫޓް X 3 ފޫޓް)
ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 12:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖެނުއަރީ 2018 އަންގާރަ ދުވަހުގެ 12:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
29 ރަބީޢުލްއާޚިރު 1439
16 ޖެނުއަރީ 2018