ޢާންމު މަޢުލޫމާތު
ނަންބަރު: HDFC/IU/2018/02
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 31 ޖަނަވަރީ 2018 14:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

އެޗް.ޑީ.އެފް.ސީގެ ލޯނު/ފެސިލިޓީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

         31 ޑިސެމްބަރ 2017 ގެ ނިޔަލަށް މިކުންފުންޏަށް ލޯނު/ފެސިލިޓީ އަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޖަވާބު ނުގެންދަވާ ފަރާތްތަކުން މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިކުންފުނީގެ މައި އޮފީހަށް (ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަންމަގު، މާލެ) ހާޞިރުވެ ވަޑައިގެން ލިޔެކިޔުންތައް ގެންދަވާ ނިންމެވުމަށް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ހާޞިރު ނުވެވޭ ފަރާތްތަކުން ބަދަލުގައި އަންނަ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހިމަނައި ސިޓީއެއް ހުށަހެޅުމުން އެފަރާތަކަށް ލިޔެކިޔުންތައް ދޫކުރާނެ ވާހަކަވެސް ދެންނެވީމެވެ.

         މިގޮތުން މިދެވިފައިވާ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ނުގެންދަވާ ފަރާތްތަކުގެ ލިޔެކިޔުންތައް ކުންފުނީގެ ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ނައްތާލުމުގެ ކަންތައް ކުރިޔަށް ގެންދެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި އަންގާ އިޢުލާނު ކުރީމެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އޮފީހުގެ 333466 ގުޅުއްވުމަށް ދެންނެވީމެވެ.

25 ޖެނުއަރީ    2018

25 ޖަނަވަރީ 2018