ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: (IUL)303-AS/2018/05
އިޢުލާން
އައިއެސްޑީބީ . ޓީ ޕްރޮޖެކްޓްގެ ދަށުން ޕީއެސް އެމް އަށް ދޫކުރެވިފައިވާ ބިމުގެ އިރުމައްޗައް އިތުރުކުރެވޭ ބައިގައި ހުރި ރުކާއި ގަސް ނަގައި ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލްގެ ނަމްބަރ:(IUL)303-AS/2018/0315 ޖެނުއަރީ 2018 ގެ އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބް ބޮޑުކަމަށް ފެންނާތީ އަލުން އެއިއުލާން ބާތިލްކޮށް ފުރުސަތު ހުޅުވާލަމެވެ.
އައިއެސްޑީބީ . ޓީ ޕްރޮޖެކްޓްގެ ދަށުން ޕީއެސް އެމް އަށް މިހާރު ދޫކުރެވިފައިވާ ބިމުގެ ސަރަހައްދުގައިވާ ރުކާއި ގަސްނަގާ ބިމުގެ އިރުމައްޗައް އިތުރުކުރެވޭ ބައިގައި ހުރި ރުކާއި ގަސް ނަގައި ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ޕީ އެސް އެމްއަށް ދޫކުރެވިފައިވާ ބިމުގައި ހުރި ރުއްގަހާއި ބިމަށް އިތުރުކުރެވޭ 30 ފޫޓް ގައި ހިމެނޭ ރުއް ގަސް ނަގާ ބިންގަނޑު ލެވަލްކޮށްދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 30 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ރުކާއި ގަސްނަގާ ބިންގަނޑު ލެވަލްކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ޕީ އެސް އެމްއަށް ދޫކުރެވިފައިވާ ބިމަށް އިތުރުކުރެވޭ ބައިގައިހުރި ރުއްގަސް ނެގުމާއި ބިންގަޑު ލެވަލް ކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ބިންސާފްކޮށް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
ހުށަހަޅާ އަގަށް % 50
ތަޖުރިބާއަށް %30
މުއްދަތައް % 20
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
11 ޖުމާދަލް ޢޫލާ 1439
28 ޖެނުއަރީ 2018
މުޙަންމަދު އަފްލާޙް
ކައުންސިލްގެ ނައިބް ރައީސް