ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/05
އިޢުލާން
މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާއަށް 50 (ފަންސާސް) އަހަރު ފުރޭ އަހަރުކަމަށްވާތީ، ޖުމްހޫރީފަންސާހުގެ ޙަރަކާތްތަކުގައި ބޭނުންކުރުމަށްޓަކައި މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ތަކެތި ހައްދަން ބޭނުންވެއްޖެއެވެ.
- ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ތޮފި
- ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ސްޓިކަރ
- ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ދިދަ
- ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ކޯޓްގެ ޕިން
- ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ބުރުގާ ޕިން
- ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ފުއްޕާހަން
- ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ޓައީ
ވީމާ، މިތަކެތި ހައްދަން ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ 11:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ފެބުރުވަރީ 2018 އާދީއްތަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
12 ޖުމާދަލްޢޫލާ 1439
29 ޖަނަވަރީ 2018