ދިވެހިރާއްޖެ
ޓުއަރގައިޑްގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު
ޓުއަރގައިޑްގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް 2018 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗް ފެބްރުއަރީ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ނޭޝަނަލް ސެޓްފިކެޓް 3 އިން "ޓުއަރގައިޑް" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ.
މިޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް ލިބެނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމް.ކިއު.އޭ) ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެކެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދޫކުރާ "ޓުއަރ ގައިޑް ފާސް" އަށް ހުށަހެޅުމުގެ ތަޢުލީމީ ޝަރުތުހަމަވާނެއެވެ.
ކޯސް |
ބައިވެރިވުމުގެޝަރުޠު |
ކޯހުގެމުއްދަތު |
ސެޓްފިކެޓް 3 |
|
4 މަސް |
ކޯހުގެފީ:
(މިއީ ސަރުކާރުން ހިލޭ ހިންގާ ކޯހަކަށްވާތީ ދަރިވަރުން ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.)
ހުށަހަޅަންޖެހޭލިޔުންތައް
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ށ- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.
ނ- ތައުލީމީ ސެޓްފިކެޓް ކޮޕީތައް.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (www.tvet.gov.mv/apply-online/) މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން ފޮނުވުމުގެ ސުންގަޑިއަކީ 2018 ފެބްރުއަރީ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން.
ކިޔެވުން އޮންނަ ވަގުތު
މި ތަމްރީނު ޕްރޮގްރާމުގެ ކިޔެވުން އާންމުކޮށް އޮންނާނީ އިރުއޮއްސި 6 އާއި ރޭގަނޑު 10 އާއި ދެމެދުއެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 / 3341310 / 3347422ފޯނަށް ގުޅުއްވުން އެދެމެވެ.