ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/09
އިޢުލާން
މިމިނިސްޓްރީގެ ފަރާތުން '' އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްގެ މަސްއޫލިއްޔަތު'' އަދާކުރުމަށް ބޭނުންވާ ގަވާއިދު ޑްރާފްޓްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ 11:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
22 ޖުމާދަލްއޫލާ 1439
08 ފެބުރުވަރީ 2018