ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު
ށ. މިލަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހިފާނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ރުއްގަހުގެ ހަމަވަރުވާއަކީ އަހަރަކު -/8785 ރުފިޔާ އެވެ. އަދި ¼ ބޮޑުވަރުވާއަކީ 25/10981 ރުފިޔާ އެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
25 ފެބުރުވަރީ 2018 |
އާދިއްތަ |
ހެނދުނު 11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
26 ފެބުރުވަރީ 2018 |
ހޯމަ |
ހެނދުނު 11:00 |
މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
25 ޖުމާދަލްޢޫލާ 1439
11 ފެބުރުވަރީ 2018