ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2018/10
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 18 ފެބުރުވަރީ 2018 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްގެ ދަށުން ޕޫލަށް މީހުން ނެގުން

މަޤާމް:  ވަގުތީ އިމާމް

ބޭނުންވާ އަދަދު: ފިރިހެން 07 އަދި އަންހެން 02

ގިންތި: ވަގުތީ

މުއްދަތު: މީލާދީ 01 އަހަރު

ބަލަހައްޓަން ޖެހޭ މިސްކިތްތައް: ހުކުރު ކުރާ މިސްކިތްތައް ، ގަބުރުސްތާނު މިސްކިތްތައް އަދި އަންހެނުންގެ މިސްކިތްތައް

 

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމްމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ އިމާމުން ޗުއްޓީއާއި ސަލާމްގައި ތިބޭ ވަގުތުތަކުގައެވެ. އެހެންކަމުން މުސާރައާއި އެލަވަންސް ލިބިލައްވާނީ އެފަދަ ހާލަތުގައި ހަމައެކަނި މިސްކިތް ބަލަހައްޓަވާ ދުވަސްތަކަށެވެ.

 

މުސާރައާއި އެލަވަންސް: އިމާމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/56ރ ރުފިޔާ އަދި މުދިމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/48ރ ރުފިޔާ

 

ތަޢުލީމާއި ތަޖުރިބާ: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއި އެކު އިންޓަވިއުއިން ފާސްވުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތު: މިސްކިތު މަސައްކަތު މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން ، އެގޮތުން މަސައްކަތު މުވައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާ ގޮތާއި ނަމާދު ވަގުތުތަކަށް ޙާޟިރުވަމުން ގެންދާ ގޮތް މިސްކިތުގައި އޮންނަ ރިކޯޑް ފައިލްގައި ރިކޯޑްކޮށް ބެލެހެއްޓުން އަދި ދިމާވާ ކަންތައްތައް ޤަވައިދުން ކައުންސިލް އިދާރާއަށް ރިޕޯޓްކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ސިޓީ ހުށަހެޅުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  • އެކައުންޓް ނަންބަރ އެނގޭނެ ފަދަ ލިޔުމެއްގެ ކޮޕީ

 

މަޤާމަށް އެދުމުގެ ސުން ގަޑީ: 18 ފެބުރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

 

މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ރަސްމީ ގަޑީގައި 6521181 ނުވަތަ 6521174 އަށް ގުޅުއްވުން އެދެމެވެ.

11 ފެބުރުވަރީ 2018