ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޭޝިއަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔަވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަޤާމް: ޓްރެއިނަރ
އަދަދު: 01
މަސައްކަތުގެ މުއްދަތު: 08 މަސްދުވަސް
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/100 ރުފިޔާ
ގިންތި: ވަގުތީ
ފެންވަރު/ޝަރުތު: 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ނުވަތަ ކަމާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ކަމާ ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
މައިގަނޑު މަސައްކަތްތައް:
ކޭޝިއަރުން ތަމްރީނު ކުރާ ކޯހުގައި ކިޔަވައިދިނުން.
ދަރިވަރުންނަށް ބޭނުންވާ ކޮންޓެންޓް / މެޓީރިއަލްސް ތައްޔާރުކުރުން.
މަސައްކަތައް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަރވިއު ކުރުން.
ހ. ޓްރެއިނަރ ހޮވުމަށް އިންޓަރވިއު އޮންނާނީ 21 ފެބްރުއަރީ 2018 އާއި 22 ފެބްރުއަރީ 2018 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ މަސައްކަތައް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ ކިޔަން އެނގޭ ފަދަ ކޮޕީއެއް
ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި މަގާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، 1 ވަނަ ފަންގިފިލާ، މޯލްޑިވްސް ޕޮލިޓެކްނިކް ބިލްޑިންގ، ރެހެންދި ހިނގުމުގައި ހުންނަ މި އޮފީހުގެ ކައުންޓަރަށެވެ. އަދި މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ. މި އޮތޯރިޓީގެ އީމެއިލް އެޑްރެހަކީ info@tvet.gov.mv އެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 20 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 1000 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 / 3341292 ފޯނަށް ގުޅުއްވުން އެދެމެވެ.