ދިވެހިރާއްޖެ
ޓިވެޓް އޮތޯރިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ކޮންޕިއުޓަރ ޕްރޮގްރާމިންގ ކޯހުގެ (ސެޓްފިކެޓް 3) ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ މަޤާމް: ޓްރެއިނަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތުގެ މުއްދަތު: 6 (ހައެއް) މަސްދުވަސް.
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ.
ގިންތި: ވަގުތީ
މަޤާމުގެ ފެންވަރު/ޝަރުޠު:
1. ކޮންޕިއުޓަރ ޕްރޮގްރާމިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. ކޮންޕިއުޓަރ ޕްރޮގްރާމިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 2 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ކޮންޕިއުޓަރ ޕްރޮގްރާމިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުމާއެކު، މި ދާއިރާއިން އިން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
ކޮންޕިއުޓާ ޕޮރޮގްރާމިންގ ކޯހާއި ގުޅޭ އެންމެހައި ކަންކަން ކުރުން.
މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ.ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން
އިންޓަވިއުކުރުން:
ހ.ޓްރެއިނަރުން ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، ފެބްރުއަރީ 25 އާއި 27 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ޓްރެއިނަރއަކަށް އެދި ހުށަހަޅާ ސިޓީ.
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް، އެޓެސްޓްކޮށްފައިވާ)
ރ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ބ- އަދާކޮށްފައިވާ ވަޒީފާ ނުވަތަ ވަޒީފާތަކުގެ ހެކި
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (މޯލްޑިވެސް ޕޮލިޓެކްނިކް،ފުރަތަމަ ފަންގިފިލާ) އަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 22ފެބްރުއަރީ 2018 ވަނަ ދުވަހުގެ 14:30 އެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3347422 ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.