ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2018/10)
އިޢުލާން
މިކައުންސިލުން ދޭކުރެހުމާއި އެއްގޮތައް ރަށައް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތަކަށް ކުއްޔަކާއި ނުލާ 10 އަހަރުގެ މުއްދަތައް މިރަށު މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން ދޫކުރުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭކުރެހުމާއި އެއްގޮތައް ރަށައް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތަކަށް ކުއްޔަކާއި ނުލާ 10 އަހަރުގެ މުއްދަތައް މިރަށު މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން ދޫކުރުމަށް ކުރެވުނު ނަމްބަރ: IUL)303-AS/303/2017/52) ( ޑިސެމްބަރ 2017 ) އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފްކޮށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކައުންސިލުން ދޭކުރެހުމާއި އެއްގޮތައް ރަށައް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައި ދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 21 ފެބްރުވަރީ 2018 ވާ ބުދަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ފިނިމައިޒާން ތަރައްޤީކޮށްދިނުމަށް އެދޭފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 ފެބްރުވަރީ 2018 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ފިނިމައިޒާން ތަރައްޤީކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
ހުށަހަޅާ އަގަށް % 70
މާލީތަނަވަސްކަމަށް % 10
ކައުންސިލުން ދޭކުރެހުމުގެ އިތުރައް ތަރައްގީކުރާ ސަރަހައްދުގައި ކޮށްދިނުމަށް ހުށަހަޅާ ކަންކަމަށް % 20
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
28 ޖުމާދަލްޢޫލާ 1439
14 ފެބުރުވަރީ 2018
އަބްދުންނާޞިރު ޢަލީ
ކައުންސިލްގެ ރައީސް