ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-K/10/2018/10
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި:
22 ފެބުރުވަރީ 2018 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޒުވާނުންގެ މާދިރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ޒުވާނުންގެ މާދިރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މި މިނިސްޓްރީއާއި ޔޫތު ލީޑަރސް ނެޓްވޯކްއާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ގިނަ ދަރިވަރުންނަށް ދިނުމުގެ ގޮތުން، މި މިނިސްޓްރީގެ ނަންބަރު: (IUL)10-K/10/2018/7 (30 ޖަނަވަރީ 2018) އިޢުލާންގެ މުއްދަތު އިތުރުކޮށްފީމެވެ.
ވީމާ، މި މާދިރީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން މިކަމަށް އެދި ހުށަހަޅާ ފޯމް މި މިނިސްޓްރީއަށް 22 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޮނުއްވުން އެދެމެވެ. މާދިރީގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.
29 ޖުމާދުލްޢޫލާ 1439
15 ފެބުރުވަރީ 2018