ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: (IUL)10-M/10/2018/12
އިޢުލާން
އިޞްލާހްކުރެވުނު ގަވާޢިދާ އެއްގޮތަށް ނޫސްތަކުގެ އެޑިޓަރު ބަދަލުކުރުން
ޤާނޫނު ނަންބަރު 47/78 "ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނު" ގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" އިޞްލާޙްކުރެވިފައިވާތީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެކަމުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މިހާރު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާ އެޑިޓަރުންގެ ގެތެރެއިން "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެ 10 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠުތައް ހަމަނުވާ އެޑިޓަރުން، އެމާއްދާގައި ބުނާ ޝަރުޠުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރުމަށް 18 ފެބްރުވަރީ 2018 އިން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
29 ޖުމާދަލްއޫލާ 1439
15 ފެބްރުވަރީ 2018