ނީލަން
ނަންބަރު: J-2018/12
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 20 ފެބުރުވަރީ 2018 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

                             މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

-          ބާ ޓްރާންސްފޯމަރު ތެޔޮތަކެއް    (ބޭނުންކޮށްފައި)

-          ހުސް ތާނގީތަކެއް.              (ބައު)

-          ސްވިޗްތަކެއް                   (ބައު)

-          ދަގަނޑު (ބާހައުސިންގތައްް)     (ބައު)

-          ކޭބަލްބުރިތަކެއް                  (ހަލާކުވެފައި)

                              މި ތަކެތީގެ ނީލަން ފެށޭ އަގަކީ 120,000.00 (އެއްލައްކަ ވިހިހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 2,000.00 (ދެހާސް) ރުފިޔާ އެވެ.

                            ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެތަކެތި ބައްލަވާ، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ 60,000.00 (ފަސްދޮޅަސް ހާސް) ރުފިޔާ ޑިޕޮޒިޓް ދެއްކުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު ސިޓީ އުރައެއްގައި ބަންދުކޮށް 2018 ފެބުރުވަރީ 20 ވާ އަންގާރަަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު މިތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހުު 2018 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ، ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން  އެދެމެވެ.

                     މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން  އެދެމެވެ.

                                     03 ޖުމާދަލްއާޚިރާ 1439  

                                     19 ފެބުރުވަރީ    2018 

 

19 ފެބުރުވަރީ 2018