ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2018/14
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 28 ފެބުރުވަރީ 2018 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތަށް ފަންޑިޔާރުން ހޯދުމާބެހޭ

މި އިޢުލާންވަނީ 20 ފެބުރުވަރީ 2018 13:03 ގައި ބާތިލް ކުރެވިފައެވެ.


1439 ވަނަ އަހަރުގެ ޤުރުއާން މުބާރާތަށް ފަނޑިޔާރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވަން ޝަޢުގުވެރިވާ ފަރާތްތަކަށް މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ފެބްރުއަރީ 2018 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ތަޢުލީމީ ސަނަދުތަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. ރަށުންބޭރު ފަރާތްތަކުން މި އިދާރާގެ އީމެއިލްއަށް ފޮނުއްވާ ލިޔުންތައް ޤަބޫލްކުރެވޭނެއެވެ. މުބާރާތް އޮންނާނީ 2018 މާރޗް 16، 17 މި ދެދުވަހު ކުޅުދުއްފުށީގައެވެ. އީމެއިލް އެޑްރެސް kulhudhuffushicouncil@gmail.com

ބޭނުންވާ ޢަދަދު: 3

ފަނޑިޔާރުންގެ ޝަރުތު

ޤާރީ ލެވަލް ޑިޕްލޮމާ ސަނަދު ހާޞިލްކޮށްފައިވުން ނުވަތަ

ޤުރުއާން މުދައްރިސްކަމުގެ ސަނަދު ހާސިލްކޮށްފައިވުން ނުވަތަ

އިމާމްކަމުގެ އެޑްވާންސް ސަނަދު ހާސިލްކޮށްފައިވުން

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާ ފަރާތްތަކަށް -/2000ރ ގެ އެލަވަންސް އެއް ދެވޭނެއެވެ. އަދި ރަށުންބޭރު ފަރާތްތަކަށް ކުޅުދުއްފުށްޓަށް ދެކޮޅު ދަތުރު ޚަރަދު އަދި ކެއުމާއި ހުރުން ހަމަޖައްސައި ދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރ 6521174 އާއި ގުޅުއްވުން އެދެމެވެ.

20 ފެބުރުވަރީ 2018