ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/14
އިޢުލާން
ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާއަށް ތިރީގައި މިދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
- ދޮށި މޭނާ މާލްމައާއި، ރަންނަބަޑޭރި މާލަމްގައި ޖަލްސާ ފެންނަ ގޮތަށް ސްކްރީން ބަހައްޓައި ދިނުން
- ރަންނަ ބަޑޭރި މާލަމް އެތެރެ ކުލަ ބޮކިން ދިއްލުން
- ދަރުބާރުގޭ ބޭރު ގޯތި ތެރޭގައި ހުރި ގަސްތަކަށް ލައިޓް އަޅުވައި، އެކިކުލައިން ދިއްލައި ދިނުން
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ފެބުރުވަރީ ވާ ހޯމަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
05 ޖުމާދަލްއާޚިރާ 1439
21 މާރިޗު 2018