ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2018/0003
ވަޒީފާގެ ފުރުސަތު
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންއަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް: ސީނިޔާރ އޮޕަރޭޝަންސް އޮފިސަރ
ޢަސާސީ މުސާރ: 7800.00 ރ.
ސަރވިސް އެލަވަންސް: .002000 ރ.
ބޭނުންވާ އަދަދު: 01
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން.
ޝަރުތު: އެމް އެން ކިއު އެފް ލެވެލް 7 ގެ ސަނަދެއް އޮތުމާއެކު މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ
ދާއިރާއަކުން މަދު ވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުންކުރަން އެގުން.
މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2 އަހަރަށްވުރެ ދިގުމުއްދަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މެއިންޓަނަންސް އަދި ރިޕެއަރ މަސައްކަތްތައް ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި /
ޕްރޮސީޖަރތަކާއި އެއްގޮތަށް ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ހިންގާ ބެލެހެއްޓުން،
މަސައްކަތުގެ ޝެޑިއުލް ތައްޔާރުކޮށް އާއި އެއްގޮތަށް މަސައްކަތް ކުރުވުން.
ދަށުން މަސައްކަތްކުރާ ސްޓާފުންގެ މަސައްކަތް ސްޕަރވައިޒް ކުރުން،
މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން،
މުވައްޒަފުންނަށް ދިމާވާ މައްސަލަތަކަށް ހައްލުހޯދައިދިނުން،
ކުރެވޭ މަސައްކަތުގެ މަޢުލޫމާތު ސުޕަވައިޒަރަށް ފޯރުކޮށްދިނުން،
މަޤާމް: ޕްރޮކިއުމަންޓް އެސިސްޓަންޓް
ޢަސާސީ މުސާރަ: 4700.00 ރ
ސަރވިސް އެލަވަންސް: .001000ރ.
ބޭނުންވާ އަދަދު: 01
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު: ގްރޭޑް 7 ގެ ފެންވަރު ނުވަތަ ކަމުގެ ތަޖުރިބާ މަދުވެގެން 1-3 އަހަރު ލިބިފައިވުން،
މިދާއިރާއާއި ގުޅޭ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : މިކުންފުންޏަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ
ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް އެހީތެރިވުން އެގޮތުން،
ޑިޕާޓްމަންޓްތަކުން ގަތުމަށް އެދޭ ތަކެއްޗާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ސަޕްލަޔަރުންނާއި މުޢާމަލާތު ކުރުން.
ތަކެތީގެ އަގަށާއި ކޮލިޓީއަށް ބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެ މަތިން
އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
ކޯޓޭޝަން ހޯދުމަށް އެހީތެރިވުން.
މަޤާމް: ސާރވިސް އެސިސްޓެން
ޢަސާސީ މުސާރަ ރޭންޖް: 4700.00 ރ
ސަރވިސް އެލަވަންސް: .001000ރ.
ބޭނުންވާ އަދަދު: 01
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދިހަމަޖެހިފައިވާއުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު ގްރޭޑް 7 ގެ ފެންވަރު ހުރުމާއިެއކު މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭފަރާތަކަށް އިސްކަންދެވޭނެއެވެ.
މިދާއިރާއާއި ގުޅޭ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކށް
އިސްކަންދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނިން ފޮނުވަންޖެހޭ ސިޓީ އާއި ތަކެތި ޙަވާލު ކުރަންޖެހޭ ފަރާތްތަކަށް ޙަވާލު ކުރަން ދިއުން.
ކުންފުނިން އެކި އެކި ކަންކަމާއި ގުޅިގެން ބޭންކުން ނަގަންޖެހޭ ފައިސާނެގުމާއި ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.
ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ ކަންތައް ކުރުމުގައި އެހީތެރިވުން.
މަޤާމް: އެސިސްޓެންޓް ސައިޓް އޮފިސާރ
ޢަސާސީ މުސާރަ ރޭންޖް: 5500.00 ރ.
ސަރވިސް އެލަވަންސް: .001000 ރ.
ބޭނުންވާ އަދަދު: 02
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދިހަމަޖެހިފައިވާއުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު: އެމް އެން ކިއު އެފް ލެވެލް 2 ގެ ސަނަދެއް އޮތުމާއެކު މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ
ދާއިރާއަކުން މަދު ވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ސައިޓްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ރާވައި ބަރާބަރަށް ކުރުން.
ޕްރޮޖެކްޓް ސައިޓްގައި ކުރާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުކުރުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް
ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
ޕްރޮޖެކްޓް ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް ބެލެހެއްޓުން.
ސައިޓުގެ އެންމެހައި އިދާރީ މަސައްކަތްކުރުމާއި، މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.
- މިމަގާމްތަކަށް ބޭނުންވަނީ މަސައްކަތް ކޯރޑިނޭޓް ކުރުމާއިއެކު ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށާއި އަދި މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭ ޞިއްޙަތު ރަގަޅު ފަރާތްތަކަށެވެ.
ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 މާރޗް 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި
އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
ފެކްސް ނަމްބަރ: 3001422
އީމެއިލް: hr@mreic.com.mv
ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓުހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް
ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
16 ޖުމާދުލްއާޙިރު 1439