ދިވެހިރާއްޖެ
އިޢުލާން
މުދާ އުފުލާ 100 (ސަތޭކަ) ފޫޓުގެ ލަކުޑި ދޯންޏެއް ނީލަމުގައި ވިއްކާލުން
އެސްޓީއޯއިން މުދާ އުފުލަން ބޭނުންކުރި މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ދޯނީގެ ތަފްޞީލު
ނަން: ކަހަނބު
ދިގުމިން: 30.480 މީޓަރު (100 ފޫޓު)
ފުޅާމިން: 10.970 މީޓަރު (36 ފޫޓު)
ފުންމިން: 4.270 މީޓަރު (14 ފޫޓު)
ގްރޮސްޓަނޭޖް: 86.590
ރަޖިސްޓްރީ ނަންބަރު: C4704B-0310T
މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން
ނީލަމުގައި ދޯނި ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި، ދޯނިބައްލަވާލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲގެ ފޯނު ނަންބަރު: 7775274 ނުވަތަ 3012644 އަށެވެ.
- ނީލަން ފެށޭއަގަކީ 700،000.00ރ (ހަތް ލައްކަ ރުފިޔާ) އެވެ.
- ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 5000.00ރ (ފަސްހާސް ރުފިޔާ) އެވެ.
- ދޯނި އޮންނާނީ ތިލަފުށީ އެސްޓީއޯ ސައިޓުގެ އެއްގަމު ތޮށިގަނޑު ކައިރީގައެވެ.
އަގުހުށަހެޅުން
މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 25 މާރިޗު 2018 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަނޑާ، އަގު އިޢުލާންކުރާނީ
އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
15 މާރިޗު 2018