ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2018/20
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 20 މާރިޗު 2018 12:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަޅުބިލަ މަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު

ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާގެ ފަރާތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަޅުބިލަމަހުގެ މަސްވެރިކަމުގެ އެންމެހައި ކަންތައްތައް ދަސްކޮށް ދިނުމަށްޓަކައި އެޖަމްޢިއްޔާގެ ފަރާތުން ތަމްރީން ޕްރޮގުރާމެއް 31 މާރޗް 2018 ން 06 އެޕްރީލް 2018 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޕްރޮގުރާމްގައި މިރަށުގެ 03 ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ އަދި މިޕްރޮގުރާމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވާނީ އެޖަމްޢިއްޔާއިންނެވެ.

ވީމާ، މިޕްރޮގުރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6528831 ފޯނަށް  ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރައްވާ ފަރާތްތަކުގެ އަދަދު 03 ވުރެން އިތުރުވާނަމަ ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެންނެވެ.

14 މާރިޗު 2018