ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/21
އިޢުލާން
މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ މާބުލް ޖެހި ސަރަހައްދުގައި ބާއްވާ ރަސްމީ ޖަލްސާއަށް ތިރީގައި މިދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ޖަލްސާ ބާއްވާ ސަރަހައްދު ޤައުމީ ކުލަތަކުން ދިއްލާ ޒީނަތްތެރިކުރުން
- ޖަލްސާގެ ބެކްޑްރޮޕްގެ ގޮތުގައި 20 ފޫޓް 10 ފޫޓް ލެޑް ސްކްރީނެއް ބެހެއްޓުން
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
05 ރަޖަބު 1439
22 މާރިޗު 2018