ވަޒީފާގެ ފުރުޞަތު
ނަންބަރު: GS31/IUL/2018/08
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 03 އޭޕްރިލް 2018 12:00
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
މަސައްކަތު

މިމަދަރުސާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ގިންތި ދާއިމީ
މަގާމު މަސައްކަތު
މަޤާމުގެ ނަންބަރު J-275361
ބޭނުންވާ ޢަދަދު 03 (ތިނެއް)
ސެކްޝަން އެޑްމިން
މަޤާމުގެ ރޭންކު އެސް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން ސަޕޯޓް ސްޓާފް ގްރޭޑް 1
މަޤާމު އޮތް އޮފީސް ދ.އަތޮޅު މަދަރުސާ
ވަޒީފާ އަދާކުރަންޖެހޭ ތަން ދ.އަތޮޅު މަދަރުސާ / ދ.މީދޫ
މުސާރަ 3100.00 ރުފިޔާ
ސަރވިސް އެލަވަންސް 1000.00 ރުފިޔާ
ސަޕޯޓިންގ ކޯ އެލަވަންސް 1 1200.00 ރުފިޔާ  
އިތުރު އިނާޔަތްތައް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 1- ކުނިކަހަންޖެހޭ ހުރިހާ ސަރަހައްދެއްގައި ކުނިކެހުމާއި ސާފްކުރަންޖެހޭ ހުރިހާ ތަނެއް (ކުލާސްރޫމް، ފާހާނަ، އޮފީސް، ސްޓަރފްރޫމް، ފަދަތަންތަން) ސާފްކުރުން.

2- މަދަރުސާއިން ބާއްވާ އެކިއެކި ބަންދަލުވުންތަކާއި، ހަފްލާތަށް އަދި ޖަލްސާތަކަށް ކިޔަން ޖެހޭ ފަރާތްތަކަށް ކިޔުމާއި، ކުލާސްރޫމް ނުވަތަ ހޯލް ތައްޔާރުކުރުން.

3- މަދަރުސާއަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ގެންދަންޖެހޭ ތަކެތި ގެންދިޔުމާއި އަދި ރަށުގެ ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަނެގެން ގެނެސްދިނުން.

4- މަދަރުސާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.

5- މަދަރުސާގެ އޮފީހާއި، ސްޓަރފްރޫމް އަދި އެޗްއޯޑީރޫމަށް ބޯފެންލުން.

6-މަދަރުސާގެ ފެންތާންގީތަކާއި ދިޔަދޮވިތައް ސާފްކުރުމާއި، ފުރާޅުތައް ސާފްކޮށް ވާރޭވެހޭދުވަސްވަރު ފެންތާންގީއަށް ފެންއަޅައި ރައްކާކުރުން.

7- މަދަރުސާގައި ހައްދާފައިހުރި ގަސްތައް ބެލެހެއްޓުމާއި ކުނިއުކައިލުމާއި ބަގީޗާގަސްތަކަށް ފެންދިނުން.

8- އަދާކުރާ މަސްއޫލިއްޔަތާއި، ގުޅޭ ގޮތުން އިތުރަށް ކަމެއް ޙަވާލުކޮށްފިނަމަ އެކަމެއް ކުރުން.
މަޤާމުގެ ޝަރުޠުތައް 1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް

1- ތަޢުލީމާއި ތަމްރީން

2- މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
ހުށައަޅަންޖެހޭ ލިޔުންތައް
  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

   (ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއިކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުނ 
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި ވަޒީފާއަށް އެދޭ ފޯމު މިމަދަރުސާގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޭޕްރީލް 03 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މިމަދަރުސާގެ އޮފީހު ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@dhatollschool.edu.mv އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު  މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2018 އޭޕްރީލް 10  އާއި 2018 އެޕްރީލް 12 އާ ދެމެދު، މިމަދަރުސާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓުކުރުން މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މާރްކްސްގެ ޖުމުލަ އިންސަންތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކުން ދ. އަތޮޅު މަދަރުސާގެ ނަންބަރ 7952915 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  އީ-މެއިލް ކުރާނީ admin@dhatollschool.edu.mv އަށެވެ. 

08 ރަޖަބު 1439

25 މާރިޗް 2018

 

25 މާރިޗު 2018