ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/26
އިޢުލާން
މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ މާބުލް ޖެހި ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ ބާއްވާ ސަރަހައްދު ޤައުމީ ކުލަތަކުން ދިއްލާ ޒީނަތްތެރިކުރުމަށާއި ޖަލްސާގެ ބެކްޑްރޮޕްގެ ގޮތުގައި 20 ފޫޓް 10 ފޫޓް ލެޑް ސްކްރީނެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ (IUL)10-F/10/2018/25 (29 މާރިޗު 2018) އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތަށް ބަދަލު އައިސްފައިވާތީ ބާޠިލް ކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
16 ރަޖަބު 1439
02 އޭޕްރީލް 2018